Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

"ސްޓީލިން ޕެރަޑައިސް" ގެ ޓީޒާ ދައްކާލައިފި

ދިވެހި ސަރުކާރުގެ ތެރޭގައި ހުރިކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ކަރަޕްޝަން މައްސަލަތަކާއި ގުޅޭ ގޮތުން މަޝްހޫރު ޓީވީ ޗެނަލް އަލްޖަޒީރާއިން ގެނެސް ދިނުމަށް ހަމަޖެހިފައިވާ "ސްޓީލިން ޕެރަޑައިސް" ޑޮކިއުމަންޓްރީގެ ޓީޒާއެއް އަލްޖަޒީރާ އިން އާއްމުކޮށްފިއެވެ.

މާދަމާ ހަވީރު ރާއްޖެ ގަޑިން 5:00 ގައި ދައްކަން ހަމަޖެހިފައިވާ މި ރިޕޯޓް އަލްޖަޒީރާގެ ޕްރޮގްރާމް ޝެޑިއުލްއިން ނެގި ނަމަވެސް ރޭގެ ވަގުތެއްގައި އަލްޖަޒީރާ އިން ނެރުނު ކުރު އިޝްތިހާރުގައި ރާއްޖެ ރޯކޮށްލާ މަންޒަރު ވަނީ ހިމަނައިފަ އެވެ.

ސްޓީލިން ޕެރަޑައިސްގައި ހިމެނިދާނެ މައުލޫމާތަކީ ދޮގު މައުލޫމާތުތަކެއް ކަމަށް ސަރުކާރުގެ އޮފިޝަލުންތައް ދަނީ ބުނަމުންނެވެ.

"ސްޓީލިން ޕެރެޑައިސް" ޕްރިމިއާ ކުރަން ލަންޑަންގައި ބާއްވަން އުޅުނު ހަފުލާ ވަނީ ކެންސަލްކޮށްފަ އެވެ.