Last Updated: June 28, 11:05
Sunday, June 28, 2026
ޚަބަރު

ލަންކާގައި ރޭލު އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިޒްހާމްގެ ހަށިގަނޑު ނިވާކޮށްފައި؛ ފޮޓޯ - ސަން އޮންލައިން

އަވަށްޓެރި ސްރީ ލަންކާގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ރޭލެއްގައި ދަށުވެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ގއ. މަޑަވެލި 21 އަހަރުގެ އިޒުހާމް މުހައްމަދެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިޒުހާމް ދިޔައީ ރެސްޓޯރެންޓެއްގައި ހުރެފައި ރެއިލްވޭގެ އެފަރާތުގައި އޮތް މޫދަށެވެ. ރެއިލްވޭ ހުރަސްކުރިއިރު ރަނގަޅަށް ބަލާނުލެވި ދިއުމުން އެވަގުތު އައި ރޭލެއްގެ ދަށުވެ މަރުވީއެވެ.

ސޯޝަލް މީޑިޔާ ގައި ލަންކާގައި އުޅޭ ދިވެހިން ކޮށްފައިވާ ޕޯސްޓު ތަކުން އެނގޭ ގޮތުގައި މި ހިތާމަވެރި ހާދިސާގައި މަރުވި ޒުވާނާގެ ހަށިގަނޑު ވަނީ ރޭލު ދަށުވެ ޗިސްޗިސް ވެފައެވެ.

ސޯޝަލް މީޑިޔާގައި ހުރި ފޮޓޯއަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި ތަނުގައި ވަރަށް ގިނަ ލޭ ހުއްޓެވެ. އަދި މަރުވި ޒުވާނާ ވަނީ ހުދު ފޮތިގަނޑަކުން ނިވާކޮށްފައެވެ.

އިޒުހާމަކީ ގައުމީ ޔުނިވާސިޓީގައި ޝަރީއާ އިން ލޯ އިން ޑިގްރީއަށް ކިޔަވަމުން އަންނަ އިޒްހާމް ލަންކާއަށް ގޮސްފައިވަނީ ރައްޓެހި ކުދިންނާއެކު ޗުއްޓީއަށެވެ.