Last Updated: May 17, 07:03
Friday, May 17, 2024
ވިޔަފާރި

ފާސްޓް ފުޑް ޕްރޮމޯޝަން ކޫޕަނަށް އިތުރު 10 ދުވަސް

ލިޓަސް އާ ގުޅިގެން ހިތަދޫ ފާސްޓް ފުޑުން މިދިޔަ އެޕްރީލް މަހު ފެށި "ލިޓަސް ފާސްޓްފުޑް މެގަ ޕްރޮމޯ 2016" މިދިޔަ މަހުގެ ނިޔަލަށް ނިންމާލި ނަމަވެސް، ކޫޕަން ގެންދިޔަ ފަރާތްތަކަށް ކޫޕަންތައް ހަވާލު ކުރަން 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ފާސްޓް ފުޑުން ބުނީ ކޫޕަން ބަލައި ގަންނާނީ ހިތަދޫ ލިންކް ރޯޑްގައި ހުންނަ ފާސް ފުޑް ހަބާއި ސަރުސަންގް 2 ފިހާރައިގައި ބަހައްޓާފައިވާ ފޮށިންނެވެ.

ފާސްޓް ފުޑުން ބުނީ ގުރުއަތުން ބާއްވާ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ގުރުއަތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ވޭވް 110 ގެ ސައިކަލެއް ޕްރޮމޯޝަނުގައި ދޭން ވަނީ ނިންމައިފަ އެވެ.

"ލިޓަސް ފާސްޓްފުޑް މެގަ ޕްރޮމޯ 2016 ޕްރޮމޯޝަންގެ ކޯ-ސްޕޮންސަރުންނަކީ ހައިޑްރޯ ހޯމް ޑެކޯ އާއި، ޗާންދަލިއާ، އައިލެންޑް ބުކްޝޮޕް އަދި ސްކައި ސިކްސް އެވެ.

hghg

މި ޕްރޮމޯޝަންގެ ދެވަނަ އަށް ދާ ފަރާތަކަށް ހައިޑްރޯ ޑެކޯ ހޯމްކެއާ އިން ސޯފާ ސެޓެއް ހުށަހަޅާފައިވާ އިރު ތިން ވަނަ އިނާމަކަށް އައިލޭންޑް ބުކްޝޮޕްއިން ހުށަހަޅާފައި ވަނީ 42 އިންޗީގެ އެލްސީޑީ ޓީވީއެކެވެ.

އަދި ހަތަރު ވަނަ އިނާމަކަށް ޗާންދަލިއާ އިން އޮޓޯ ދޮންނަ މެޝިނެއް ވަނީ ހުށަހަޅައިފަ އެވެ.

މި ޕްރޮމޯޝަންގެ ފަސް ވަނައަށް ދާ ފަރާތަކަށް ސްކައި ސިކްސްއިން ވަނީ މާލޭ/ގަން ދެކޮޅު ޓިކެޓް ހުށަހަޅައިފަ އެވެ.

ފާސްޓް ފުޑުން ބުނީ ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.