Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

އިއްބެގެ ހެޓްރިކާ އެކު ފޭދޫ ޓީމް މޮޅުވެއްޖެ

ފޭދޫ ޓީމްގެ އިބްރާހިމް މަހްދީ، މަރަދޫ ޓީމްގެ ކުޅުންތެރިއެއްގެ ކައިރިގައި،

މިނިވަން 50 ޗެމްޕިއަންޝިޕްގެ މުބާރާތުގައި މަރަދޫކޮޅަށް އިބްރާހިމް މަހްދީ (އިއްބެ) ހެދި ހެޓްރިކާއި އެކު 3-1 ލަނޑުން އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ޓީމް މޮޅުވެއްޖެއެވެ.

މެޗްގައި ފޭދޫން ޖެހި ފުރަތަމަ ލަނޑު 27 ވަނަ މިނިޓްގައި އިއްބެ ޖެހި އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އިއްބެ ވަނީ ދެވަނަ ގޯލް ޖަހައި 2-0 ގެ ލީޑެއް ފޭދޫ ޓީމަށް ނަގާދީފައެވެ.

DSC_9850

މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެފައިވާ މަރަދޫ ޓީމުން ފެނިގެން ގޮސްފައިވަނީ ވަރުގަދަ މެޗެކެވެ. ހިތްވަރު އެލުވާނުލައި، ފޭދޫ ޓީމަށް ޕްރެޝަރު ކުރަމުން ގޮސް މެޗްގެ 60 ވަނަ މިނިޓްގައި މަރަދޫ ޓީމުން ގޯލެއް ޖެހިއެވެ.

މަރަދޫ ޓީމްގެ ފޯވަޑް އަބްދުﷲ ވާޒިއުގެ ލަނޑާއި އެކު މަރަދޫ ޓީމުގެ ކުޅުން ވަރުގަދަ ވެގެން ދިޔަ ތަން ފެނުނެވެ. އަދި އޭގެ ފަސް މިނިޓް ފަހުން މަރަދޫ ޓީމަށް އެއްވަރު ކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ ތަން ފެނިގެންދިޔައެވެ.

ފޭދޫ ޓީމްގެ ގާނާގެ ކުޅުންތެރިޔާގެ މޮޅު ކުޅުންފެނިގެން ދިޔަ މެޗްގައި ފޭދޫ ޓީމުން މަރަދޫ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ކީޕަރު މަސީހުއެވެ.

ފޭދޫން ޖެހި 3 ވަނަ ލަނޑު ޖަހާފައިވަނީ 91 ވަނަ މިނިޓްގައެވެ. މަރަދޫ ޓީމް މި މެޗުން ބަލިވުމުން މަރަދު ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.

މި މޮޅާއި އެކު ފޭދޫ ޓީމް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.