Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

"ދިވެހިން ޖިހާދަށް ދާން ފެށީ އެމްޑީޕީގެ ސަބަބުން"

ދިވެހިންގެ ތެރޭގައި ހައްދު ފަނަޅާފައިވާ ވިސްނުމުގެ މީހުން ގިނަވެ، ޖިހާދަށް ސީރިއާއަށް ދާން ފެށީ އެމްޑީޕީގެ ސަރުކާރުގެ "ދޯދިޔާ" ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ތުހުމަތު ކުރައްވައިފި އެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ކުޑަ ދުވަސްކޮޅަކަށް ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ޒުހޫރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި، ދީނީ އިލްމުވެރިން އެއްވެސް ބަޔަކަށް ނުހެދި ކަމަށެވެ.

އަދި ކޮންމެ ކޮންމެ ބަޔަކު މަގުމައްޗަށް ނުކުކުމެ، ދީނީ ނަސޭހަތް ދިނުމުގެ ނަތީޖާއަކީ ދިވެހިންގެ ތެރޭގައި ހައްދުފަހަނަޅާ ދިއުމުގެ ވިސްނުން އަށަގަތުން ކަމަށް ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ، ސީރިއާއަށް ދިވެހިން ދާން ފެށީ މިސަރުކާރުގެ 2 އަހަރުތެރޭގައި ނޫން ކަމަށެވެ. އަދި ދިވެހިންނަކީ އެހެން ގައުމުތަކަށް ހުރި "ބިރެއް"ގޮތަށް ވާހަކަ ދައްކަނީ މި ސަރުކާރުން ނޫން ކަމަށެވެ.

ޒުޙޫރު ވިދާޅުވީ، ދިވެހިން ސީރިއާއަށް ދާދިއުމުގެ ޒިއްމާ އެންމެ ފުރަތަމަ އުފެދުނު ޑިމޮކްރަޓިކް ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށެވެ.