Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ރެސްޕެކްޓް ފުޓްސަލްގެ ކުއާޓާގެ ފަހު މެޗްތައް މިރޭ

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މެދުކަނޑާލި އުރީދޫ ރެސްޕެކްޓް ފުޓްސަލްގެ ކުއާޓަރ ފައިނަލް ފަހު މެޗްތައް މިރޭ ކުރިއަށްދާނެކަމަށް ރެސްޕެކްޓް ޖަމިއްޔާއިން ބުނެފި އެވެ.

ފޭދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅޭ ކުއާޓަރ ފައިނަލްގެ ފަހު މެޗްތަކުގައި ފުރަތަމަ ކުޅޭނީ ޓީމް ފެނަކަ އާއި އެޗްޕީއެލް އެވެ. ކުއާޓަގެ ފަހު މެޗްގައި އެފްސީ ޓްރިޕްލް އޭ އާއި ބައްދަލު ކުރާނީ އެއާޕޯޓްސް ރިކްރިއޭޝަން ކްލަބްއެވެ.

މުބާރާތުގެ ސެމީއަށް ކަސްޓަމްސް ރިކްރިއޭޝަން ކްލަބް އަދި ސަދަން ޓްރާންސްޕޯޓް ވަނީ ދަތުރުކޮށްފަ އެވެ.