Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އެންމެ މަގުބޫލް ކައުންސިލަރަކަށް ސޯބެ

މޭޔަރު ސޯބެ އާއި އަމީޒާ ފޮޓޯއަކަށް ހުއްޓިވަޑައިގެން.

އައްޑޫގެ އެންމެ މަގުބޫލް ކައުންސިލަރަކަށް މޭޔަރު އަދި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) ހޮވިވަޑައިގެންފި އެވެ.

އޭނާ އެ މަގާމަށް ހޮވުނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އަހަރީ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުން ރޭ ބާއްވާފައި ވަނީ ވަރަށް ކުލަގަދަ ހަފުލާއެއްގެ ގޮތުގައި މަރަދޫ އިރުޝާދިއްޔާ ސްކޫލްގަ އެވެ.

މޭޔަރާ އެންމެ މަގުބޫލް ކައުންސިލަރުގެ އެވޯޑް ހަވާލު ކުރެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާނާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ސްޕްރިންޓެންޑެންޓް ފާތުމަތު ނަސީރެވެ.

ސޯބެއަކީ ކައުންސިލްގައި ދެވަނަ ދައުރަކަށް ހޮވުވަޑައިގެން ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދެ ދައުރުގައި ވެސް އައްޑޫގެ މޭޔަރަކީ ސޯބެ އެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ އެންމެ ހިންގުންތެރި ވެރިޔަކަށް ހޮވިވަޑައިގަތީ އެ އިދާރާގެ އެސިސްޓަންޓް ޑިރެކްޓަރު އަމީޒާ ހަލީލެެވެ.