މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ފޭދޫ އާއި ހިތަދޫ ބައްދަލު ކުރި މެޗް 5-1 ލަނޑުން ފޭދޫ ޓީމް ކާމިޔާބްކޮށްފިއެވެ.
ފޭދޫ ޓީމުން ފުރަތަމަ ހާފްގައި ލަނޑެއް ޖަހައި އެއްވަރު ކުރި އިރު ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް މާ މޮޅު ކުޅުމެއް ދެއްކިފައި ނުވެއެވެ. ފޭދޫ ޓީމުން ޖެހި ފުރަތަމަ ލަނޑު ޖަހާ ދިނީ އެޓީމްގެ ކުރިއަށް ކުޅޭ ހަސަން ހާޒިގުއެވެ.
ފަހު ހާފްގެ ކުރީ ކޮޅު ހިތަދޫ ޓީމްގެ ބިދޭސީ ފޯވާޑު ފޭދޫ އޭރިއާތެރެއަށް ވައްޓާލުމާއި ގުޅިގެން ލިބުނު ޕެނަލްޓީ ވަނީ ކާމިޔާބްކޮށް މެޗްގެ ނަތީޖާ 1-1 އެއްވަރުކުރިއެވެ.

ފޭދޫ ޓީމުން ދެވަނަފަހަރު ލީޑް ނެގީ މެޗްގައި ހެޓްރިކް ހެދި މުހައްމަދު ނިޒާރުއެވެ، ފޭދޫ ޓީމުން ޖެހި ފަހު ލަނޑު ޖަހާ ދިނީ އަރިމަތިން ކުޅެމުން ދިޔަ އަހްމަދު ސައީދު (އައްމަޓީ)އެވެ.
މުބާރާތުގެ ފައިނަލް މެޗް މިމަހުގެ 8 ވަނަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.