Last Updated: May 19, 09:06
Sunday, May 19, 2024
ކުޅިވަރު

އެސްޓީއެލް ފައިނަލަށް

އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) ދަތުރުކޮށްފިއެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ރޭ ކަސްޓަމްސް ރިކްރިއޭޝަން ކްލަބާއި ވާދަކޮށް ސަދަން ޓްރާންސްޕޯޓް މޮޅުވީ 6-0 ލަނޑުންނެވެ.

ސަދަން ޓްރާންސްޕޯޓް ލިންކުން ޖެހި 6 ލަނޑުގެތެރެއިން 3 ލަނޑު ޖަހައި މެޗްގެ މޮޅު ކުޅުންތެރިއާ ހޯދީ މުބާރާތުގެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެސްޓީއެލްގެ ހުޒެއިފަތު ރަޝީދުއެވެ.
އެޓީމަށް ދެން ލަނޑު ޖަހާ ދިނީ ހަސަން އަޠޫފް އާއި އިބްރާހިމް އަލްޒަމްއެވެ. އަޠޫފް ވަނީ 2 ގޯލް ޖަހާ ދީފައެވެ.

މުބާރާތުގެ ސެމީ ފަހު މެޗްގައި މިރޭ ބައްދަލު ކުރާނީ ޓީމް ފެނަކަ އަދި އެއާޕޯޓްސް ރިކްރިއޭޝަން ޓީމެވެ. މެޗް ކުރިއަށްދާނީ ފޭދޫ ފުޓްސަލް އެރީނާގައެވެ.