Last Updated: July 12, 16:11
Saturday, July 12, 2025
ރިޕޯޓް

އިންތިގާލީ ސަރުކާރުގައި މައުމޫން، މިހެން ވެދާނެބާ؟

ރައީސް މައުމޫން އަދި ރައީސް މުހައްމަދު ނަޝީދު

ރައީސް ޔާމީންގެ ސަރުލާރު ބަދަލުކޮށް، އެކުލަވާލާ ސަރުކާރެއްގައި ރައީސް މައުމޫން ހިމެނިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅުން ހުރި ބައްދަލުވުންތަކަކަށް ލަންކާއަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާއިން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ކުރިން އިންޑިއަން އެކްސްޕެރްސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުންނެވީ އެކުގައިކަމަށާއި، ދެން އެކުލަވާލާ ސަރުކާރެއްގައި މައުމޫނު ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ، ރައީސް މައުމޫން އެއްފަރާތް ކޮށްލެއްވުމަކީ ހެއްދެވި ގޯހެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ، އިތުރު ދަތުރެއްގައި ވަރަށް އަވަހަށް އަދި އެއްފަހަރު ލަންކާއަށް ވަޑައިގަންނަވާނެ ކަމަށާއި، އޭގެ ފަހުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ 2018ގެ އިންތިހާބްގެ ކުރިން އިންތިގާލީ ސަރުކާރު އެކުލަވާލަން ޖެހޭ އިރު މައުމޫން އާއި އިތުރު ފަރާތްތަކުގެ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް، ރާއްޖޭގެ ވެރިކަން ހަފްތާއެއްގެ ތެރޭގައި ބަދަލުކޮށްލަން ރާވާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ބީބީސީން ވަނީ ބުނެފައެވެ.

ނަޝީދު ލަންކާއިން އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުގައި ވެރިކަން ބަދަލު ކުރަން ރަވާ ގޮތާއި ގުޅޭ ގޮތުން އިންޑިއަން އެކްސްޕްރެސްއިން ދެންނެވި ސުވާލަށް ވަކި ޖަވާބެއް ނުދެއް ވައެވެ.

ރައީސް މައުމޫންގެ އެއްބާރުލުން އިންތިގާލީ ސަރުކާރަށް ލިބޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު ރައީސް އަބްދުﷲ ޔާމީން އާއި މައުމޫންގެ ގުޅުން އޮތީ ބޮޑު ކޯޅުމެއްގެ ތެރޭގައެވެ. ސަރުކާރުގެ އިސްވެރިން ގެންދަވަނީ މައުމޫނުއަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.