Last Updated: June 28, 09:53
Sunday, June 28, 2026
ޚަބަރު

އައުޑިން ރުށް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް އިނިޝިއޭޓިވް (އައުޑި) ގެ ފަރާތުން ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ރުށް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ޔޫއެންޑީޕީ، ސްމޯލް ގްރޭންޓސް ޕްރޮގްރާމް, އަދި ގްލޯބަލް އެންވޯރަމެންޓް ފެސިލިޓީ ގެ އެހީތެރިކަމާއެކު ފެށި މިޕްރޮގްރާމްގައި މިއަދު ވަނީ ކޯއްޓޭ ކައިރީ އޮންނަ ހިމާޔަތް ކުރެވިފައިވާ ފެންހެޔޮ ވަޅުގަނޑު ކައިރީ ރުށް އިންދަން ފަށާފައެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވެފައިވަނީ މިޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި 300 ރުށް އިންދިފައިވާނެ ކަމަށެވެ.

14281365_10153683967121150_494789699_n

ޒުވާނުންނަށް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިއްމު ކަން އަންގައި ހޭލުންތެރިކުރުވުން މިއީ މިޕްރޮގްރާމުގެ އެންމެ ބޮޑު ބޭނުން ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގުގެ އިތުރުން އައްޑޫ ހައި ސްކޫލުގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފަ އެވެ.