Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޓްރޭޑް ސެންޓަރު މަތިން ވެއްޓި މީހަކު މަރުވެއްޖެ

އެސްޓިއޯ ޓްރޭޑް ސެންޓަރ މަތިން މިއަދު ހެނދުނު މީހަކު ވެއްޓި މަރުވެއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީހާ ވެއްޓިފައި އޮތީ ކުރިން އަލްފްރެސްކޯ ހިންގި ތަނުގައެވެ. މަރުވި މީހާގެ ވަނަވަރު އަދި ސާފު ނުވާއިރު، އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މަންޒަރު ދުށް މީހުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެމީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރު ވިންދު ހުރިކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މީހަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 7:30 ހާއިރު ކަމަށެވެ.