Last Updated: May 19, 00:16
Sunday, May 19, 2024
ސިޔާސީ

އަލްޖަޒީރާ އިން ދެއްކީ ދޮގު: ތަރުޖަމާނު

އަލްޖަޒީރާއިން މިއަދު އާއްމުކުރި "ސްޓީލިން ޕެރަޑައިސް"ގައި ރައީސް އަބްދުﷲ ޔާމީން އާއި ގުޅޭ ގޮތުން ދައްކާފައި ވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް މުޢާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު ވިދާޅުވީ އަލްޖަޒީރާއިން ގެނެސްދީފައިވަނީ ރާއްޖެއިން ފިލައިގެން ގޮސްފައިވާ ބަޔަކު ދައްކާފައިވާ ހުސް ދޮގުވާހަކަތަކެއް ކަމަށެވެ.

މިއަދު ހަނދުނު އަލްޖަޒީރާއިން ޔޫޓިއުބް މެދުވެރިކޮށް އާއްމުކުރި ރިޕޯޓްގައި ރައީސް ޔާމީންގެ ސަރުކާރުން މަނީ ލޯންޑްރިން އާއި ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީކޮށް ފައެވެ.

މުއާޒު ވިދަޅުވީ އަލްޖަޒީރާގެ ރިޕޯޓްގައި ހާމަ ކުރިއެއްވެސް ކަމެއްގެ ހެއްކެއް ގަރީނާއެއް ދެއްކިފައި ނުވާ ކަމަށެވެ. އަދި މި ތުހުމަތު ތަކާއި ގުޅިގެން ރައީސް އޮފީހުން ވަރަށް އަވަހަށް ބަޔާނެއް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މުޢާޒު ވިދާޅުވި އެވެ.

އަލްޖަޒީރާގެ ރިޕޯޓްގައި ރައީސް އަބްދުﷲ ޔާމީންއަށް ބޮޑެތި އަދަދުތަކުން ފައިސާ ގެންގޮސްދީފައިވާކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ މުހައްމަދު ހުސެއިން (އޮއިއްޓޭ) ވަނީ ބުނެފަ އެވެ.