Last Updated: May 19, 09:06
Sunday, May 19, 2024
ކުޅިވަރު

ރެސްޕެކްޓް ފުޓްސަލްގެ ޗެމްޕިއަނަކަށް ފެނަކަ

އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ޓީމް ފެނަކައިން ހޯދައިފިއެވެ.

ރޭ ފޭދޫ ފުޓްސަލް އެރީނާގައި ކުޅުނު މި މެޗް ފެނަކައިން ކާމިޔާބް ކުރީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) 2-0 ލަނޑުން ބަލިކޮށްގެންނެވެ.

ޓީމް ފެނަކަގެ ލަނޑުތައް ޖަހާ ދިފައިވަނީ ފެނަކަ ޓީމްގެ ޖޯޒީ ނަންބަރު 7 ސާމީ އާއި ޖޯޒީ ނަންބަރު 8 ނިޒާރުއެވެ.

ރޭގެ މެޗްގައި އެސްޓީއެލްގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާކަމަށްވާ ހުޒެއިފަތު ރަޝީދު ނުކުޅެއެވެ.

DSC_0593

ރޭގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހްމާނު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުއެވެ.

މުބާރާތުގެ ވަނަތައް ހޯދި ފަރާތްތައް:

ފެެއާ ޕްލޭ ޓީމް: އެސްޓީއެލް
ފެއާ ޕްލޭ ކުޅުންތެރިޔާ: އެސްޓީއެލްގެ ހަސަން އަޠޫފް
މޯސްޓް ޕްރޮމިސިން ކުޅުންތެރިޔާ: އެފްސީ ޓްރިޕްލް އޭގެ އަބްދުﷲ ވާޒިއު
މުބާރާތުގެ އެންމެ މޮޅުު ކުޅުންތެރިއާ: އެސްޓީއެލްގެ ހުޒެއިފަތު ރަޝީދު

އެންމެ މޮޅު ގޯލްކީޕަރު: ފެނަކަ ގޯލް ކީޕަރ މުހައްމަދު އާނިސް
މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ: އެއާޕޯޓްސް ރިކްރިއޭޝަންގެ އަބްދުﷲ އިމްރާން
އެންމެ މޮޅު ކޯޗަކީ: އެސްޓީއެލްގެ ހަސަން ހަބީބް

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން
1- ހުޒެއިފަތު ރަޝީދު (އެސްޓީއެލް)
2- އަބްދުﷲ އިމްރާން (އެއާޕޯޓްސް ރިކްރިއޭޝަން)
3- އަލީ ހަބީބް (އެސްޓީއެލް)
4- އަހްމަދު ނާދިރު (ޓީމް ފެނަކަ)
5- އަބްދުﷲ ރިޒްމީން (ޓީމް ފެނަކަ)

މުބާރާތުގެ ޗެމްޕިއަން ޓީމަށް އެފްސީ ރެސްޕެކްޓްގެ ފަރާތުން ހުށަހަޅާފައިވަނީ ފަންސަވީސް ހާސް ރުފިޔާއެވެ. އަދި ރަނައަޕް ޓީމަށް ދިހަ ހާސް ރުފިޔާ ހުށަހަޅާފައިވާ އިރު މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންވެސް ވަނީ އިއްލާން ކޮށްފައެވެ.
DSC_0589

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރެއިން ސަޕޯޓަރުންގެ އެންމެ މަގްބޫލް ކުޅުންތެރިޔާ ހޮވުމަށް އެސްއެމްއެސް މެދުވެރިކޮށް މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އެސްްއެމްއެސް މެދުވެރިކޮށް ހޮވޭ މަގްބޫލް ކުޅުންތެރިއަކަށް 5000 ރުފިޔާ އާއި ޗެންނާއި މާލެ ދެކޮޅު ޓިކެޓް މޯލްޑިވިއަންއިން ވަނީ ހުށަހަޅާފައެވެ.

މިއީ އެފްސީ ރެސްޕެކްޓްއިން ކުރިއަށް ގެންދިޔަ ދެވަނަ މުބާރާތްކަމަށް ޖަމިއްޔާގެ ރައީސް ހުސެއިން މަމްދޫހު މައުލޫމާތު ދެއެވެ.