Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އަނެއްކާ ވެސް ފޭދު އަށް

މިނިވަން ޗެމްޕިއަންޝިޕް އަތޮޅު ތަށި ދެވަނަ ފަހަރަށް ފޭދޫން އުފުލާލައިފި އެވެ.

އައްޑޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މުބާރާތުގެ ފައިނަލް މެޗް ފޭދޫ ޓީމުން ކާމިޔާބް ކުރީ 4-1 ލަނޑުންނެވެ.

މެޗް ފުރަތަމަ ލަނޑު އަލީ ސަރީރު ޖެހި އިރު އެޓީމްގެ ދެވަނަ ލަނޑު ޖަހާދިނީ އިބްރާހިމް މަހްދީ ހުސެއިންއެވެ. ހިތަދޫ ޓީމުން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބް ކޮށްދިނީ އަމީން އިބްރާހިމްއެވެ. ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއިންނެވެ.

ފޭދޫ ޓީމްގެ ލީޑު ފުޅާވީ ހިތަދޫ ޓީމްގެ ޑިފެންޑަރު އަހްމަދު ހަބީބް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ފޭދޫ ޓީމްގެ 4 ވަނަ ލަނޑު ކާމިޔާބް ކޮށްދިނީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ނެލްސަންއެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށް ދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުއެވެ.