Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މަރަދޫ މީހަކު ދަންޖެހި މަރުވެއްޖެ

މަރަދޫގައި މީހަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަބުކެޔޮ ގަހެއްގައި ދަންޖެހި މަރުވެފައި ހުއްޓާ ފެނިފައިވަނީ އެރަށު، ރަންތަރި، ސަމާހު މުހައްމަދު (49އ)އެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ މަރަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ މީހަކު ދަންޖެހިފައިވާ ކަމުގެ މައުލޫމާތު ހެނދުނު 6:50 ހާއިރު ކަަމަށެވެ. މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށާފައިވާ އިރު އިތުރު ތަފްސީލެއް ހާމަ ނުކުރެއެވެ.