މި އަހަރުގެ އަޟްހާ އީދުގެ ބޮޑު ޖަމާއަތް އައްޑޫ ސްޓޭޑިއަމްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އައްޑޫ ސްޓޭޑިއަމްގައި އީދު ނަމާދު ބޭއްވުމަށް ކުރަން ޖެހޭ ތައްޔާރީތައް ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން ދަނީ ކުރަމުންނެވެ.
އައްޑޫ ސްޓޭޑިއަމްގައި މިހާތަނަށް ބޭއްވި އީދު ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އައިސްފައިވާ އިރު މިފަހަރުވެސް އަންހެން ބޭފުޅުންނަށް އިދު ނަމާދުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ނޫރުލް އިސްލާމުން ބުނެއެވެ.
އައްޑޫ ސްޓޭޑިއަމްގެ އިތުރުން ، ހިތަދޫގައި ދެން އީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ:
1- ހިތަދޫ ހުކުރު މިސްކިތް
2- މަސްޖިދުލް އިކްރާމް
3- މަސްޖިދުލް ތަގްވާ
4- ސަޖިދުލް އުމަރުލް ފާރޫޤު
5- މަސްޖިދުއް ޒިކުރާ
6- މަސްޖިދުލް ބާބުލް ޚައިރު
7- މަސްޖިދުއް ޝޫރާ
8- މަސްޖިދުލް އިހްވާން