Last Updated: May 19, 06:08
Sunday, May 19, 2024
ރިޕޯޓް

ރިޔާޒް ރަޝީދު އެ ވިދާޅުވީ ޖޯކެއްތަ؟

އަކްޖަޒީރާއިން ގެނެސްދިން "ސްޓީލިން ޕެރަޑައިސް" ގެ ސަބަބުން ރައީސް އަބްދުﷲ ޔާމީންގެ މަގްބޫލްކަން އިތުރުވެ، ރާއްޖެ އާއި މެދު ގިނަ ބައެއްގެ ޝައުޤުވެރިކަން ބޮޑުވެއްޖެކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 7 ވަނަ ދުވަހު އަލްޖަޒީރާއިން ގެނެސްދިން ރިޕޯޓްގައި ރައީސް ޔާމީން އާއި އެމަނިކުފާންގެ ސަރުކާރަށް ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މަނީ ލޯންޑްރިންއާއި، ކަރަޕްޝަނާއި، ގޭންގް ހަރަކާތްތައް ފަދަ އެތައް ތުހުމަތެއް ވަނީ ކޮށްފައެވެ.

ސަރުކާރުން ވަނީ އަލްޖަޒީރާއިން ގެނެސްދިން ރިޕޯޓްގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ދޮގު ކޮށްފައެވެ.

އަލްޖަޒީރާގެ ރިޕޯޓާއި ގުޅިގެން ބައިނަލް އަގްވާމީ އެކި މީޑިއާތަކުގެ ފަލަ ސުރުހީއަށް މިވާހަކަތައް ވަނީ އަރާފައެވެ. އެގޮތުން ދުނިޔޭގެ ނަން މަޝްހޫރު މީޑިއާތައް ހިމެނެއެވެ.

riyaz

ސްޓީލިން ޕެރަޑައިސްގައި ގެނެސްދިން މަނީ ލޯންޑްރިންގެ ބައިނަލްއަގްވާމީ ތަހްގީގެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި، ވަޒީރުން އަދި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން އަލްޖަޒީރާ ރިޕޯޓްގައި "އާކަންތަކެއް" ހިމެނިފައި ނުވާތީ ދަނީ ފާޑު ކިޔަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިވާހަކަތަކަކީ ދިވެހިން އަޑުއަހާ ފޫހިވެފައިވާ ވާހަކަތަކެއް ކަމަށެވެ.