Last Updated: May 4, 20:25
Saturday, May 4, 2024
ރިޕޯޓް

އުމުރުންް ދުވަސްވީ މީހުންނަށް ފަންކާ ނުރައްކާ!

އެންމެން ވެސް ފަންކާ ބޭނުން ކުރަނީ ފިނި ކުރާށެވެ. އެއީ ސީލިން ފަންކާ ކަމަށް ވިޔަސް އަދި ބިންމަތީގައި ބަހައްޓާ ފަންކާ ކަމަށް ވިޔަސް މިއީ އާންމުކޮށް އެންމެން ވެސް ބެނުން ކުރާ ވަސީލަތެކެވެ.

އެކަމަކު ފަންކާ އާ ބެހޭ ގޮތުން މިހާރު މިއޮތީ ހައިރާން ކުރުވަނިވި އާދަޔާހިލާފު ވާހަކައެކެވެ.

އެއީ އުމުރުން ދުވަސްވީ މީހުން ފަންކާ ބޭނުން ކުރުން ރައްކާތެރި ނޫން ވާހަކަ އެވެ. ހާއްސަކޮށް 60 އަހަރުން މަތި ނަމަ ފަންކާ އާ ދުރުވާށެވެ.

ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ފަންކާ އިން ވާނީ ފިންޏެއް ނޫނެވެ. ވާނީ ހޫނެވެ.

gjh

އެމެރިކާގެ ޔުނިވަސިޓީ އޮފް ޓެކްސަސް ސައުތު ވެސްޓަން މެޑިކަލް ސެންޓަރުން ކުރި ދިރާސާގައި ބުނަނީ އުމުރުން ދުވަސްވީ މީހުން ފަންކާ ބޭނުން ކުރާ ނަމަ އެތެރެ ހަށީގެ ހޫނުމިން 41.6 ޑިގްރީ އަށް މައްޗަށް ގޮސް ހިތަށާއި އެތެރެ ހަށީގެ އެހެން ގުނަވަންތަކަށް ވެސް އޭގެ ނުރައްކާ ބޮޑު ކަމަށެވެ.

އެހެންވެ އުމުރުން ދުވަސްވީ މީހުން ފަންކާ އާ ދުރުވުން ނޫން ގޮތެއް ނެތެވެ.

"ފަންކާ އިން އެކި މީހުންނަށް ކުރާ އަސަރު ތަފާތު ވެދާނެ. އެކަމަކު އާންމު ގޮތެއްގައި ދުވަސްވީ މީހުން ފަންކާ ބޭނުން ކުރާ ނަމަ އޭގެ ނުރައްކާތެރިކަން ބޮޑު،" ޔުނިވަސިޓީގެ ޕްރޮފެސަރު ކްރެއިގް ކްރަންޑާލް ވިދާޅުވި އެވެ.