Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހުޅުމީދޫ ސިއްހީ މަރުކަޒުގައި އެންމެ ޑޮކްޓަރެއް!

ހުޅުމީދޫ ސިއްހީ މަރުކަޒު. ފޮޓޯ/ އިބްރާހީމް ޒުހުރީ

ސ. ހުޅުމީދޫ ސިއްހީ މަރުކަޒުގައި މިވަގުތު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުރީ އެންމެ ޑޮކްޓަރަކު ކަމަށް އެތަނުން ބުނެފި އެވެ.

ސިއްހީ މަރުކަޒުން އިއްޔެ ނެރެފައިވާ އިއުލާާނެއްގައި ބުނެފައި ވަނީ ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން އެ މަރުކަޒުގައި ބަލި މީހުން ބަލަމުން ގެންދާނީ އެންމެ ޑޮކްޓަރެއް ކަމަށެވެ.

އެހެންވެ ހުކުރު ދުވަހު އޯޕީޑީ އޮންނާނީ ރޭގަނޑު 7:00 އިން 10:00 އަށް ކަމަށެވެ. އަދި ހަފުތާގެ އެހެން ދުވަސްތަކުގައި އޯޕީޑީ އޮންނާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ބުންޏެވެ.