Last Updated: May 20, 01:49
Sunday, May 19, 2024
ކުޅިވަރު

ޒޯން 8 ގެ ފުރަތަމަ މެޗް ފޭދޫ ޓީމް ކާމިޔާބްކޮށްފި

މިނިވަން ޗެމްޕިއަންޝިޕް ޒޯން 8 ގެ ޗެމްޕިއަން ހޮވުމަށް ކުޅުނު ފުރަތަމަ މެޗް ފޭދޫ ޓީމުން ކާމިޔާބްކޮށްފިއެވެ.

ފުވައްމުލަކު ފުޓްބޯޅަ ދަނޑުގައި އެރަށު އެފްސީ ދޫނޑިގަލޯނާ އާއި ބައްދަލު ކުރި މެޗް ފޭދޫ ޓީމުން ކާމިޔާބް ކުރީ 1-0 ލަނޑުންނެވެ. ފޭދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ކާމިޔާބްކޮށް ދިނީ އިބްރާހިމް މަހްދީ ހުސެއިންއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދެވަނަ މެޗް މިމަހުގެ 16 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސްޓޭޑިއަމްގައެވެ.

ފޭދޫ ޓީމް ވަނީ މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިނިވަން 50 މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މިފަހަރުގެ ޕްރެޒިޑެންޓް ކަޕަށް ކޮލިފައި ވެފައެވެ.