Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހުޅުދޫން ވައްކަން ކުރި މީހަކު ދެ އަހަރާއި ހަ މަހަށް ޖަލަށް

ހުޅުމީދޫގައި ފުލުހުންގެ ވެހިކަލެއް ހަރަކާތެރި ވަނީ. ފޮޓޯ/ ހުޅުމީދޫ ޕޮލިސް

ސ. ހުޅުދޫ ގެއެއްގެ ފެން މޯޓަރާއި އެ ގެއިން ތިން ކުލަ ފާޓާ ވަގަށް ނެގި މީހަކު ދެ އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުޅުދޫ ގެއެއްގައި ބޭނުން ކުރަމުން ދިޔަ ފެން މޯޓަރަކާއި އެ ގެއިން 18 ލީޓަރުގެ ތިން ކުލަ ފާޓާ ވަގަށް ނެގިކަން ހެކިންގެ ހެކި ބަހުން ސާބިތުވުމާ ގުޅިގެން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ހުޅުދޫ މީރާ އިބްރާހީމް ރަޝީދު، 27، އެވެ. އޭނާ ވައްކަންކޮށްފައި ވަނީ އޮކްޓޯބަރު 9، 2012 ގަ އެވެ. ރަޝީދުގެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މި މައްސަލާގައި ހިމެނޭ އިތުރު ދެ ކުއްޖަަކަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ.