Last Updated: May 17, 07:03
Friday, May 17, 2024
ވިޔަފާރި

އައިފޯން 7 އަށް ދިރާގުން ޕްރީ އޯޑަ ހުޅުވާލައިފި

އެޕަލްއިން އަލަށް ތައާރަފްކުރި އައިފޯން 7 އަދި އައިފޯން 7 ޕްލަސްއަށް ޕްރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު ރާއްޖޭގެ އެންމެ މަގްބޫލް މޮބައިލް ނެޓްވޯޓް ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ރޭ ދަންވަރު 12 ޖެހި އިރުން ފެށިގެން ޕްރީ ރަޖިސްޓްރޭޝަން ހުޅުވާލާފައިވާ އިރު ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ދިރާގުން ވަނީ އައިފޯން 7 އަދި 7 ޕްލަސް ފޯނަށް ޕްރީ ރެޖިސްޓްރޭޝަން މެދުވެރިކޮށް ފޯނު ނަގާ ފަރާތްތަކަށް 6 މަސްވަންދެން 5 ޖީބީ އިންޓަނެޓް ހިލޭ ދޭ ގޮތަށް ހަމަޖައްސާފައެވެ.
iphone7

ޕްރީ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 2499 ރުފިޔާ ދައްކަވަން ޖެހޭ އިރު އިންސްޓޯލްމަންޓަށް 12 މަސް ދުވަހާއި ހަމައަށް ފައިސާ ދެއްކޭނެ އިންތިޒާމް މިފަހަރުވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ ކުރިން ދިރާގުގެ އިންސްޓޯލްމެންޓް ސްކީމަށް ފޯނު ދުކުރާއިރު ބަލާ 12 މަސްދުވަސް ވަންދެން ދިރާގުގެ ޕޯސްޓް ޕެއިޑް ކަސްޓަމަރަކަށް ވާންޖެހެއެވެ. ނަމަވެސް މިފަހަރު މިވަނީ މި މުއްދަތު 3 މަސް ދުވަހަށް ކުޑަކޮށްފައެވެ.

ޕޯސްޓް ޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން އައިޕޯން 7 އަދި 7 ޕްލަސް ނަންގަވާ ފަރާތްތަކަށް 300 މިނިޓްގެ ހިލޭ ގުޅޭ މިނިޓްސް އާއި އެކު 1 ޖީބީ އިންޓަނެޓް ލިބޭ ގޮތް ވަނީ ހަމަޖައްސާފައެވެ.

އައިފޯނު 7 މި މަހުގެ 23 ވަނަ ދުވަހު ރާއްޖޭގެ ބާޒާރަށް ނެރެން ނިންމާފައިވާއިރު އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓަރު އަދި ސްޓޮކިސްޓް، ސޮފްޓް ޓަޗް މޯލްޑިވްސް އިން ރާއްޖޭގައި އައިފޯން ވިއްކަނީ ދިރާގުގެ އިތުރުން އުރީދޫ އަދި އެޕަލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ އެޑްއޮން، އެލް މޮބައިލް، އެސްޓާސް އަދި ފޯކަސް ކޮމްޕިއުޓާސް މެދުވެރިކޮށެވެ.

މިފަހަރު އައިފޯން 7 ރާއްޖޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މި ދެންނެވި ކުންފުނިތަކާއި އެކު ކުލަގަދަ ރަސްމިއްޔާތަކާއި އެކު ކަމަށް ސްފޮޓް ޓަޗް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.