Last Updated: July 12, 20:27
Saturday, July 12, 2025
ޚަބަރު

މިރޭގެ ހަނދު ކޭތަ ރާއްޖެއަށް ފެންނާނީ ފަނޑުކޮށް: މައުމޫން

މިރޭ ހިފާ ހަނދު ކޭތަ ރާއްޖެއަށް ފެންނާނީ ވަރަށް ފަނޑުކޮށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ހަނދު ކޭތަ ރާއްޖެއަށް ފެންނާނީ މިރޭ 21:54 އާއި ދަންވަރު 01:54 އާއި ދެމެދުއެވެ. މި ކޭތައަކީ ފަނޑު ހިޔަނި ކޭތައަކަށް ވާތީ، މި ކޭތަ ފެންނާނީވެސް ފަނޑުކޮށެވެ. އަދި ކޭތަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނާނީ ރޭގަނޑު 23:54 ގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ފަލަކީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިރޭގެ ހަނދު ފެންނާނީ އެހެން ރޭތަކުގެ ހަނދަށްވުރެ 14 ގުނަ ބޮޑުކޮށެވެ.

ކޭތަ އެންމެ ފުރިހަމައަށް ފެންނަ ވަގުތު ކަމުގައިވާ ރޭގަނޑު 23:54 ގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށްވަނީ ހަމަޖެހިފައެވެ.