ހުޅުމާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
މިއަދު ހަވީރު 15:30 އެހައިކަންހާއިރު އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެސްޓީއޯ ހޮޓާ ކައިރީގައިއެވެ. ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވީ ދެ ފިރިހެނުންނަށެވެ.
އަނިޔާ ލިބުނު ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. ދެމީހުން ވެސް އެޑްމިޓްކޮށް ފަރުވާ ދެމުން ދާއިރު، އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.