Last Updated: May 20, 01:49
Sunday, May 19, 2024
ކުޅިވަރު

ފޭދޫ އަނެއްކާ ވެސް ޗެމްޕިއަންކަން ހޯދައިފި

2016 މިނިވަން ޗެޕްމިއަންޝިޕް ތަށި ފޭދޫ ޓީމުން އުފުލާލަލީ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 8 ގެ ޗެމްޕިއަންކަން ފޭދޫ ޓީމް ދެވަނަ ފަހަރަށް ހޯދައިފިއެވެ.

ފޭދޫ ޓީމް ޗެމްޕިއަންކަން ހޯދީ ފުވައްމުލަކު ދޫނިގަން ޓީމް 4-3 ލަނޑު ބަލިކޮށްގެންނެވެ. މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނިޓްގައި ޖަހައި ލީޑް ނަގައިދިނީ ފޭދޫ ޓީމްގެ 4 ލަނޑުވެސް ޖަހައި ދިން އިބްރާހިމް މަހްދީ ހުސެއިންނެވެ.

މިއަދު މެޗް، ދެފަހަރެއްގެ މަތިން ދޫނިގަން ޓީމުން އެއްވަރު ކުރިއެވެ. އެގޮތުން މެޗްގައި ދޫނިގަމުން ފުރަތަމަ އެއްވަރު ކުރީ މެޗްގެ 31 ވަނަ މިނިޓްގައި އެޓީމްގެ ކުރިއަށް ކުޅެމުން ދިޔަ ޖަޕާންގެ ކައެޗީ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް އޭގެ 1 މިނިޓް ފަހުން ފޭދޫ ޓީމްގެ އިބްރާހިމް މަހްދީ ވަނީ ބޮލުން ރީތި ގޯލެއް ޖަހާ ދެވަނަ ފަހަރަށް ލީޑް ނަގާ ދީފައެވެ.

dsc_1188

ފުރަތަމަ ހާފް ނިމުނީ ފޭދޫ ޓީމް ކުރީގައި އޮވެގެންނެވެ. ދޫނިގަމު ޓީމުން ދެވަނަ ފަހަރަށް އެއްވަރު ކޮށްދިނީ ވެސް ކައެޗީއެވެ. މެޗްގެ 56 ވަނަ މިނިޓްގައި ކައެޗީ ލަނޑެއް ޖަހައި އެއްވަރު ކޮށްފައި ވަނިކޮށް ފޭދޫ ޓީމުން ތިން ވަނަ ފަހަރަށް ލީޑް ނެގީ އޭގެ ހަތަރު މިނިޓް ފަހުންނެވެ. ފޭދޫ ޓީމުން ޖެހި 4 ވަނަ ލަނޑު މެޗްގެ 90 ވަނަ މިނިޓްގައި އިބްރަހިމް މަހްދީ ޖެހި އިރު ދޫނިގަމް ޓީމްގެ ތިން ވަަނ ލަނޑު އިތުރު މިނިޓްގައި ޖަހާ ދިނީ ކައެޗީއެވެ.
dsc_1339

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް މެޑަލް އާއި ތަށި ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހްމާން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އައްސަދު އަބްދުލް ޢަނީ އާއި އައިޝަތު ނާޒިމާއެވެ.

ފޭދޫ ޓީމް ޒޯން 8 ޗެމްޕިއަންކަން ނެގުމާއި އެކު މިނިވަން ޗެމްޕިއަންޝިޕް މުބާރާތަށް ކޮލިފައިވީއެވެ. މިނިވަން ޗެމްޕިއަންޝިޕް މުބާރާތަށް ކޮލިފައިވާ ޓީމްތައް މުޅިން ކަށަވަރުވެގެން ދާނީ މިހާރު މުޅި ރާއްޖޭގައި ކުރިއަށްދާ ޒޯން މުބާރާތުގެ މެޗްތައް ކުޅެ ނިމުމުންނެވެ