Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ކޯމާގައި އޮތް ހައްޖުވެރިޔާ ނިޔާވެއްޖެ

ހާލު ދެރަވެގެން ކިންގް ފައިސަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ ދިވެހި ހައްޖާޖީ ރޭ ނިޔާވެފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ކޯމާއެއްގައި އޮވެ ނިޔާވީ އއ. އުކުޅަހު މީހެއް ކަމަށްވާ މުހައްމަދު ތައުފީގެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތައުފީގު ހިތުގެ މައްސަލައެއްގައި ކިންގް ފައިސަލް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ހައްޖު ދުވަހުގެ ކުރީ ދުވަހުއެވެ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ ކޯމާއަކަށް ގޮސް ފަރުވާ ދެމުން ގޮސްފައިވަނީ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

މި ފަހަރު ހައްޖުގެ އަޅުކަމުގައި އިތުރު ދެ ދިވެހިން ވަނީ ނިޔާވެފައެވެ. އެއީ ހަރަމައިން ޖަމާއަތުގެ ހަވާލުގައި ދިޔަ މީހަކާއި ސިސިލްފަރު ޖަމާއަތުގައި ދިޔަ މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ ރ. ހުޅުދުއްފާރު، ކަނޑު ފިނިގޭ، ޖަމީލާ މުހައްމަދާއި ފުވައްމުލައް ދޫޑިގަމް އަރާމަގުގެ އަބްދުﷲ ނާސިރެވެ.