Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ހުޅުމާލޭން ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ހޯދައިފި

ހުޅުމާލޭގެ ރޯ ހައުސްއަކުން ބަނގުރާފުޅިތައް ނެރެނީ -- ފޮޓޯ: ޝައްމާން / ދުވަސް

ހުޅުމާލޭގައި ބިދޭސީން އުޅޭ ކަމަށް ބެލެވޭ ރޯހައުސް އަކުން ގިނަ ޢަދަދެއްގެ ބަނގުރާފުޅި އާއި ދަޅުތަކެއް ފެނި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ކުރަމުންނެވެ.

ޢާއްމު ފަރާތަކުން ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާ ގުޅިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިގެން ކުރިޔަށްދާއިރު މިހާތަނަށް 100 އަށްވުރެ ގިނަކޭސް ބަނގުރާ ދަޅާއި ފުޅި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މިތަކެތި ރޯހައުސް އަށް ވައްދަން މަސައްކަތްކޮށްފައިވަނީ ޖަމްބޯ ބޭގްސްތަކަކަށް އަޅައިގެންނެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުންނެވެ.