Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ "ގޯނާކޮށްގެން" މިލަދޫން މީހަކު ހައްޔަރުކޮށްފި

ނ. މިލަދޫ، ފޮޓޯ: ރިޝްވާން

ނ. މިލަދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށައް ގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މިއަދު ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުން 8 ދުވަސް ޖަހާ ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި މިލަދޫގައި ހުންނަ ޖެންޑާގެ އޮފީހުން އަންނަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.