Last Updated: July 3, 10:07
Friday, July 3, 2026
ވިޔަފާރި

ފިނޭންސް ތެރޭގައި ހުރި އޭޓީއެމްތައް ނަގަނީ

މިހާރުގެ މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތުގައި ހުންނަ ސެލްފް ސާވިސް ބޭންކިންގް ސެންޓަރު ބަންދު ކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން އެހެން ބުނެފައިވަނީ މިއަދު ހެނދުނު ކުރި ޓުވީޓުތަކެއްގައިއެވެ. އޭގައިވާ ގޮތުން 22 ސެޕްޓެމްބަރުގެ ރޭގަނޑު 22:00 އަށްފަހު އެ އޭޓީއެމް ބަންދު ކުރެވޭނެއެވެ.

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގައި ބީއެމްއެލްގެ ހަތަރު އޭޓީއެމް ހުރެއެވެ. މިދިޔަ އަހަރު ހުޅުވު މި އޭޓީއެމްތައް ބަންދު ކުރެވުނު ކަމުގައި ވިޔަސް، ބީއެމްއެލްގެ އެހެން އޭޓީއެމްތަކުން ކަސްޓަމަރުންނަށް ޚިދުމަތް ހޯދޭނެ ކަމަށްވެސް ބީއެމްއެލް ބުނެފައިވެއެވެ.