މާލޭގެ ގެއެއް ބަލައި ފާސްކޮށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިމައްސަލައިގެ ތުހުމަތުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއެކު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވަނީ މ. ޝަބީނާ ގޭގައި ކުއްޔަށް ދީފައިވާ ތަނެކެވެ.
2016 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެރޭ 23:00 ން ފެށިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ހިންގި މިއޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހޭޝް އޮއިލްކަމަށް ބެލެވޭ ތަކެއްޗެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙްޤީޤު ކުރުމަށް 15 ދުވަހުގެ ބަންދުގެ މުއަދަތު ކްރިމިނަލް ކޯޓުން ވަނީ ދެއްވާފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.