Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އައްޑޫގެ އިޖްތިމާއީ ބިންތައް ނުބެލެހެއްޓޭ މައްސަލަ ޔޫތު މިނިސްޓަރުގެ ސަމާލު ކަމަށް!

ހުޅުމީދޫގައި ފެށި ފުޓްސަލް ކޯޗިންގ ކޭމްޕްގެ ތެރެއިން - ފޮޓޯ: ޕޮލިސް

އައްޑޫގެ އެކި ރަށްތަކުގައި ހަދާފައިވާ ކުޅިވަރު ދަނޑުތަކާއި، އާއްމު މައިދާންތައް ނުބެލެހެއްޓޭ މައްސަލަ ޔޫތު މިނިސްޓަރގެ ސަމާލުކަމަށް އައްޑޫގެ މޭޔަރި އަބްދުﷲ ސޯދިގް(ސޯބެ) ގެނެސްފި އެވެ.

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއަށް ސޯބެ ފޮނުއްވި ސިޓީގައި ފާހަނގަކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމާއި ގުޅިގެން އެތަންތަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށައް ގޮސްފައިވާ ތަންތަނެވެ.

އެގޮތުން އައްޑޫގެ އެކި ރަށްތަކުގެ ޖުމްލަ 36 ތަނެއް ނުބެލެހެއްޓޭކަން ސޯބެ ވަނީ ފާހަނގަކޮށްފައެވެ. އޭގެ ތެރޭގައި ރަށްތަކުގެ ފުޓްބޯޅަ ދަނޑުތަކާއި، ކުޑަކުދިންގެ ޕާކްތަކާއި ރަށްތަކުގެ އާއްމު މައިދާންތައް ހިމެނެއެވެ.

ސޯބެ ފާހަނގަ ކޮށްފައިވާ ގޮތުގައި އެތަންތަން ކުރިން ކައުންސިލުން ބަރާބަރަށް ބަލަހައްޓަމުން ގޮސްފައިވާ އިރު މިހާރު އެތަންތަން އެއްގޮތަކަށް ވެސް ނުބެލެއްޓޭކަން ވަނީ ފާހަނގަކޮށްފައެވެ.

ސޯބެ ވިދާޅުވީ މިތަންތަން ބެލެހެއްޓުމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްގެ އަރިހުގައި ދެންނެވުމަށް އައްޑޫގެ ގިނަ ރައްޔިތުން އެދެމުންދާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ އެކި ރަށްތަކުގެ ކުޅިވަރު ކުޅޭ ބިންތައް ތަރައްޤީ ކުރުމަށް ބޮޑު ހަރަދެއް ކޮށްފައެވެ، ނަމަވެސް ހޭދަ ކުރި މިންވަރާ ގާތަށްވެސް އެތަންތަން ނިމިފައި ނުވެއެވެ.