Last Updated: July 3, 10:07
Friday, July 3, 2026
ޚަބަރު

މުލިން މަސްތުވާތަކެއްޗާ އެކު މުލިން މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މ. މުލީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. މިމީހާ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި މުލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭދަންވަރު 02:00 ހާއިރު އޭނާ މަސައްކަތްކުރާ އޮފީހުގައި ޑިއުޓީގައި ހުއްޓައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ މަސައްކަތްކުރާ އޮފީހާއި އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށްފައިވެއެވެ. އަދި އޭނާ މަސައްކަތްކުރާ އޮފީހުން އެއްވެސް އެއްޗެއް ފެނިފައިނުވާއިރު އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށް އެގޭގައި ހަދަމުންދާ ކޮޓަރިއެއްގެ ފާޚާނާ ހަރުކުރުމަށް ހަރުކޮށްފައިވާ ހޮޅީތެރެއިން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލަ މ. މުލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.