Last Updated: June 12, 06:38
Friday, June 12, 2026
މުނިފޫހިފިލުވުން

"ސޮޓީ" އަކީ ފްރެންޗައިޒްއެއް: ކަރަން ޖޯހަރު

މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު މިދިޔަ އަހަރު އާ ތަރިން ހިމަނައިގެން ގެނެސް ދިން ކާމިޔާބް ފިލްމް ސްޓޫޑަންޓް އޮފް ދި ޔެއާ (ސޮޓީ) ގެ ސީކްއެލްތައް ކުރިއަށް އޮތް ތަނުގައި ވެސް ގެނެސްދީ އެއީ ދަރްމާ ޕްރޮޑަކްޝަންގެ ޕްރެންޗައިޒަކަށް ހަދަން ނިންމާފައިވާ ކަމަށް ކަރަން ބުނެފި އެވެ.

އޭނާ ކޮށްފައިވާ ޓްވީޓެެއްގައި ބުނެފަައި ވަނީ "ސޮޓީ" ގެ ސީކްއެލް އާ ބެހޭ ގޮތުން ސުވާލު ކުރާ ފަރާތަކަށް އޮތް ޖަވާބަކީ ސީކްއެލް ހަދަން ނިންމާފައިވާ ކަމަށެވެ.
އަދި ސީކްއެލް އިން ވެސް ފުރަތަމަ ފިލްމާ އެއްގޮތަށް އާ ތަރިންތަކެއް ލޯންޗް ކުރާނެ ކަމަށް ކާމިޔާބް ފިލްމްތަކެއް ޑައިރެކްޓްކޮށް، ޕްރޮޑިއުސް ވެސް ކުރަމުން އަންނަ ކަރަން ބުންޏެވެ. އެހެން ނަމަވެސް "ސޮޓީ" ގެ ސީކްއެލް އާ ބެހޭ އެއްވެސް ތަފުސީލެއް އޭނާ ނުދެ އެވެ.

"ސްޓޫޑަންޓް އޮފް ދި ޔެއާ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ވަރުން ދަވަން އާއި އާލިއާ ބަޓްގެ އިތުރުން ސިދާތު މަލްއުތުރާ އެވެ. އެ ތިން ތަރިންގެ އިތުރުން ވެސް ޒުވާން އާ ފަންނާނުންތަކެއް އެ ފިލްމުން ވަނީ ލޯންޗްކޮށްފަ އެވެ.

ކަރަންގެ ދަރްމާ އިން މިއަހަރު ރިލީޒް ކުރާ ފިލްމްތަކުގެ ތެރޭގައި ކުޑަ ކުދިންގެ ފިލްމް "ގިއްޕީ"، ރަންބީރާއި ދީޕިކާ ލީޑް ރޯލް ކުޅޭ "ޔެ ޖަވާނީ ހޭ ދީވާނީ"، އިމްރާން ހާޝިމީ އާއި ކަންގަނާ ރަވާނަތު ލީޑް ރޯލް ކުޅޭ "އުނގްލީ" އާއި ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާ ލީޑް ރޯލް ކުޅޭ "ހަސީ ތޯ ޕަސީ" ހިމެނެ އެވެ.

މީގެ އިތުރުން ކަރީނާ ކަޕޫރާއި އިމްރާން ހާން ލީޑް ރޯލް ކުޅޭ "ގޮރީ ތެރޭ ޕިޔާރު މޭ" އަކީ ވެސް މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ފިލްމެކެވެ.