Last Updated: June 12, 06:38
Friday, June 12, 2026
ވިޔަފާރި

ގަމުގައި ޕައިލެޓުން ތަމްރީނު ކުރުމުގެ އާ ބެޗެއް ފަށައިފި

ގަން އެއާޕޯޓްގައި އޭއޭއޭގެ ޓްރޭނިންތަކުގައި ބޭނުން ކުރާ ބޯޓެއް. ފޮޓޯ/ އޭއޭއޭ

ސްރީ ލަންކާގެ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ސ. ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ނުވަ ކުދިންނާ އެކު ޕައިލެޓުން ތަމްރީނު ކުރުމުގެ އާ ބުރެއް ފަށާފައިވާ ކަމަށް އެތަނުން ބުނެފި އެވެ.

އޭއޭއޭގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މި މަހުހެ 6 ވަނަ ދުވަހު ނުވަ ކުދިންނާ އެކު ފެށި ބެޗްގައި ހިމެނެނީ އިންޑިއާ، ސްރީ ލަންކާ، އިރާގް އަދި އިރާންގެ ދަރިވަރުންތަކެއް ކަމަށެވެ. ކޯހުގެ މުއްދަތަކީ 10 މަސް ދުވަހެވެ. ކޯހުގެ ޕްރެކްޓިކަލް ބައި އައްޑޫގައި ކުރިއަށް ގެންދާ އިރު، ތިއަރީ ބައި ގެންދަނީ ލަންކާގަ އެވެ.

އޭއޭއޭގެ އޮފިޝަލް ވިދާޅުވީ އަލަށް ފެށި ބެޗާ އެކު ގަމުގައި މިހާރު ޕައިލެޓް ކޯސް ހަދާ 22 ކުދިން އެބަތިބި ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ ދިވެހި އެންމެ ދެ ކުދިން ކަމަށް ވެސް ފްލައި ސްކޫލުން ބުންޏެވެ.

ޖުލައި 26، 2010 ގައި ރަސްމީކޮށް ހުުޅުވި ގަމުގެ ފްލައިން ސްކޫލުގައިި މި އަހަރު ފަހުކޮޅު އިތުރު ބެޗެއް ވެސް ފެށުމަށް ޕްލޭންކޮށްފައިވާ ކަމަށް އޭއޭއޭ އިން ބުންޏެވެ.

ޓްރޭނިންތަކަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަލްޓި އިންޖީން ބޯޓެއް ވެސް ގެނެސް ޓްރޭނިންތަކުގައި ބޭނުން ކުރަން ފަށާފަ އެވެ.