މަތީގައިވާ ވީޑިއޯއިން ފެންނަ ދެމީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ ދެމީހުންނެވެ.
މިދެމީހުން ހޯދަމުންދަނީ 2016 އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ލިލީމަގުން މީހެއްގެ ފޯނެއް ފޭރިގަނެފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށްޓަކައި ފުލުހުން ރައްޔިތުންނަށް ޝުކުރު އަދާކުރެއެވެ.