މިނިސްޓްރީ އޮފް ހެލްތުގެ ނައިބު މިނިސްޓަރު ކަމަށް މ. ފިގް، ފާތިމަތު ސައުދާ އައްޔަން ކުރައްވައިފިއެވެ.
ރައީސް ޔާމީން މިހާރު ޑިސްއެބިލިޓީ ކައުންސިލްގެ މެމްބަރު ކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ސައުދާ މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިއަދެވެ.
ސައުދާ މި މަޤާމަށް އައްޔަން ކުރެއްވުމާއިއެކު، މިހާރު ހެލްތު މިނިސްޓްރީގައި ޖުމްލަ ހަތަރު ނައިބު މިނިސްޓަރުން ތިއްބަވައެވެ.