ލ. މުންޑޫ އާއި ލ. ގާދޫ އަކީ ދެ ފަޅުރަށް ކަމުގައި ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ކަނޑައަޅުއްވައިފިއެވެ.
މިގޮތަށް ކަނޑައަޅުއްވާފައިވަނީ މުންޑޫ އާއި ގާދޫ އަކީ މިހާރު މީހުން ދިރިއުޅެމުންދާ ދެ ރަށަށް ނުވާތީ ކަމަށް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލް ޖުމްޙޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށްވެސް ރައީސް ޔާމީން ސޮއިކުރައްވާ ނެރުއްވި ބަޔާނުގައި ވެއެވެ.
ކުރިން ލ. ގާދޫގައި ދިރިއުޅެމުންދިޔަ މީހުން މިހާރު އުޅެނީ ލ. ފޮނަދޫގައެވެ. އަދި މުންޑޫގައި ދިރިއުޅެމުންދިޔަ މީހުން މިހާރު އުޅެނީ ލ. ގަމުގައެވެ.