Last Updated: July 3, 10:07
Friday, July 3, 2026
ޚަބަރު

ފުވައްމުލަކަށް ސިޓީގެ ދަރަޖަ ދެއްވައިފި

ޏ. އަތޮޅު ފުވައްމުލަކަށް ސިޓީ އެއްގެ ދަރަޖަ ދެއްވައިފިއެވެ.

މިއަދު ރައީސް ޔާމީން ސޮއިކޮށް ރައީސް އޮފީހުން ނެރުއްވި ޤަރާރުގައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން، ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ފުވައްމުލަކުގައި ފުރިހަމަވެފައިވާތީ، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ކަމަށެވެ.

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ލިބުމުން މިހާރު ޖުމްލަ ތިން ސިޓީއެއް ރާއްޖޭގައި އޮންނާނެއެވެ. އެއީ ފުވައްމުލަކުގެ އިތުރުން މާލެ ސިޓީއާއި އައްޑޫ ސިޓީއެވެ.