ލޮރަންޒޯ ޕާކް ތެރޭގައި 2012 ވަނަ އަހަރު މަރާލި ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލިކަމަށް ސާބިތުވެ ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް، 19، މަރަން މިރޭ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުން ދިޔަ އަރުހަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރި ހަތަރު މީހުންގެ ތެރެއިން ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާން އަދި މއ. ސީނަރީވިއު އާތިފް ރަޝީދުގެ އިތުރުން ލ. މާވަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށް އަރުހަމް މަރާލިކަމަށް ސާބިތު ނުވާކަމަށް މިރޭ ވަނީ ހުކުމް ކޮށްފައެވެ.