ދާދި ފަހުން ސ. ހިތަދޫގައި ހުޅުވި "ދި ކްލިނިކް" ގެ ބްރާންޗްގައި މި ހަފުތާ ބަންދުގައި ހާއްސަ ތިން ޑޮކްޓަރަކު ބަލި މީހުންނަށް ފަރުވާދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.
އެގޮތުން މާދަމާ އާއި ހޮނިހިރު ދުވަހު ހިތަދޫ ދަނބުވިލާގައި ހިންގާ ކްލިނިކްގައި ފަރުވާ ދޭނީ އަންހެނުންގެ ހާއްސަ ޑޮކްޓަރު މަލަކާ ޝާފިއު އާއި އެތެރެހަށީގެ ޑޮކްޓަރު އަހުމަދު ރާޒީގެ އިތުރުން ހިތުގެ ހާއްސަ ޑޮކްޓަރު މޫސާ މަނިކު އިބްރާހީމް ކަމަށް "ދި ކްލިނިކް" އިން ބުންޏެވެ.
މި ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދަން ބޭނުންވާ ފަރާތްތަކުން 3334888 ނުވަތަ 7448844 އަށް ގުޅުމަށް "ދި ކްލިނިކް" އިން އެދެ އެވެ.