Last Updated: July 3, 07:48
Friday, July 3, 2026
ޚަބަރު

ޑރ. ވަހީދަށް ސުލްހައިގެ އެމްބެސެޑަރުކަން ލިބިވަޑައިގެންފި

ރައީސް ޑރ. ވަހީދު މެލޭޝިއާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ. ފޮޓޯ/ ރައީސް އޮފީސް

ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަނުން ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުއަށް ސުލްޙައިގެ އެމްބެސެޑަރެއްގެ މަޤާމު ދެއްވައިފިއެވެ.

އެ މަޤާމް ރައީސް ވަހީދަށް ދެއްވާފައިވަނީ 21 ސެޕްޓެމްބަރުގައި އެ ފައުންޑޭޝަނުން ބޭއްވި ޕީސް ފެސްޓިވަލްގައެވެ.

އދ. ގެ ގިނަ މަޤާމްތަކެއް ފުރުއްވާފައިވާ ރައީސް ވަހީދަކީ މިދިޔަ ބުދަ ދުވަހު ބޭއްވުނު ޕީސް ފެސްޓިވަލްގެ ޝަރަފްވެރި މެހެމާނުވެސްމެއެވެ. ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަނުން ފާހަގަ ކުރައްވާ ގޮތުގައި ޑރ. ވަހީދަކީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ޤައުމު ސުލްޙަވެރިކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަނަކީ ޗައިނާގެ އިޖްތިމާއީ ހާލަތު އިސްލާހުކޮށް، އެހެން ޤައުމުތަކުގެ ސަރުކާރުތަކާއި ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.