Last Updated: June 12, 06:38
Friday, June 12, 2026
ސިޔާސީ

އިލްޔާސާ އެކު އެމްޑީޕީގެ ހާއްސަ ސައެއް މިއަދު ހުޅުމީދޫގައި

ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާ އެކު ބާއްވާ ވަރަށް ހާއްސަ ހަވީރު ސައެއް އޮންނާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ަހުޅުމީދޫ އަވަށު ބޯޑްގެ ނައިބް ރައީސް އެޑްމިން އެމްޑީޕީ އާ ހަވާލާދީ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައި ވަނީ "ހާއްސަ ސައި" އޮންނާނީ ހަވީރު 4:00 ޖަހާ އިރު އެމްޑީޕީ ހުޅުމީދޫ ހަރުގޭގައި ކަމަށެވެ.

އެހެންވެ އެމްޑީޕީ ހުޅުމީދޫ ދާއިރާގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އެ ބައްދަލުވުމަށް ދައުވަތު އަރުވާ ކަމަށް ބުނެފައިވެ އެވެ.

މާދަމާ އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި އެމްޑީޕީން ވަނީ "ބަޢާވަތް މަ ކުށްވެރި ކުރަން" ގެ ނަމުގައި ވެހިކަލް ބުރެއް ވެސް ބާއްވަން ނިންމާފަ އެވެ.