Last Updated: April 27, 20:01
Saturday, April 27, 2024
ޚަބަރު

ބޮޑު ޗުއްޓީ އާ ދިމާކޮށް ފޭދޫގައި ނައިޓް މާކެޓެއް

ކުރިއަށް އޮތް ސްކޫލް ބަންދާއި ދިމާކޮށް އައްޑޫގައި ބޮޑުނައިޓު މާކެޓެއް ބޭއްވުމަށް ނިންމައިފިއެވެ.

އިޝްތިހާރު ކުރުމާއި އިވެންޓްތައް ބާއްވާ "ސްކައި ލައިޓް އެޑްވަޓައިޒިންގ" އިން އިންތިޒާމް ކުރާ މި ނައިޓް މާކެޓް ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ފޭދޫ އާއި ގަމާއި ގުޅޭ ހިސާބު ބޮޑު މަގުގައެވެ.

ހައުސިން މިނިސްޓްރީގެ އެހީތެރިކަމާއި އެކު ބާއްވަން ނިންމާފައިވާ މި ނައިޓް މާކެޓްގައި 300 މޭޒުގެ ބެހެއްޓުމަށް ނިންމާފައިވާ އިރު ކެއުމާއި ބުއިމަށް ޙާއްސަ ކެންޓީނުތައްވެސް ބެހެއްޓުމަށް ސްކައި ލައިޓުން ވަނީ ހަމަޖައްސާފައެވެ.

chart

ނައިޓު މާކެޓުގައި މޭޒުތައް ނެގުމުގެ ފުރުސަތު އައްޑޫގެ އިތުރުން މާލޭގެ ވިޔަފާރިތަކަށް ވެސް ހުޅުވާލެވިފައިވެއެވެ. އިވެންޓާއި ބެހޭ އިތުރު މައުލޫމާތެއް ހޯއްދެވުމަށް ސްކައިލައިޓް އެޑްވަޓައިޒިންގ ގެ ހޮޓްލައިން ނަމްބަރު 9847740 ވަނީ ހަމަޖައްސާފައެވެ.

މިއިވެންޓުގެ މީޑިޔާ ޕާޓްނަރަކީ"އައްޑޫލައިވް"އެވެ.