Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ހިތަދޫ ކުނިކޮށީގައި ރޯވި އަލިފާން ގަނޑު ނިއްވާލައިފި

ރޭ ހިތަދޫ ކުނި ކޮށީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އާއި ހައުސިން މިނިސްޓްރީ އަދި އެމްއާރްޑީސީ ގުޅިގެން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ކުނި ކޮށީގައި ރޯވިކަމުގެ މައުލޫމާތު ރޭ 01:30 ހާއިރު ލިބުމާއެކު ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން ވަނީ އަލިފާން ނިވަން ބޭނުންކުރާ އާލާތްތަކާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި އަލިފާން ގަނޑު ހެނދުނުވި އިރު ނިއްވާލާފައިވާ ކަމަށެވެ.
sa

ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އަލިފާން ނިއްވުމަށް މޫދުން އަޅާފައިވާ ފެންހޮޅިއަށް އަރައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ވަނީ އަނިޔާވެފައެވެ.

ހިތަދޫ ކުނި ކޮށީގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވެ އަނދައެވެ. އެފަދަ ދުވަސްތަކުގައި ލިންކް ރޯޑުން ދަތުރު ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ.