Last Updated: July 3, 07:48
Friday, July 3, 2026
ވިޔަފާރި

ޓްވިޓާގެ ހިއްސާތައް 20 ޕަސަންޓް މައްޗަށް

ޓްވިޓާ ގަތުމަށް ޝައުގުވެރިވާ ބަޔަކު އުޅޭކަމަށް ރިޕޯޓަކުން ބުނި ފަހުން އެ ކުންފުނީގެ ހިއްސާތަށް 20 އިންސައްތައަށްވުރެ މައްޗަށް ގޮސްފިއެވެ.

އެމެރިކާގެ ޚަބަރު ފަތުރާ ޗެނަލްއެއް ކަމަށްވާ ސީއެންބީސީއިން ރިޕޯޓްކުރާ ގޮތުގައި ޓްވިޓާ ވިއްކާލުމަކީ ވަރަށް ގާތް ކަމެކެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޓްވިޓާ ގަތުން އެންމެ ކައިރި ކުންފުނިތަކަކީ ގޫގުލްއާއި ސޭލްސްފޯސް އެވެ.

ސީއެންބީސީއިން ބުނާ ގޮތުގައި ޓްވިޓާގެ ބޯޑް އޮފް ޑިރެކްޓަރުން މިއަހަރު ނިމެންވާއިރަށް ޓްވިޓާ ވިއްކާލުމަށްޓަކައި ޑީލްއެއް ހަދާނެއެވެ.

މިދިޔަ މަހު ޓްވިޓާގެ ކޯފައުންޑާ އެވަން ވިލިއަމްސް ދެއްކި ވާހަކަތަކެއްގެ ސަބަބުން ޓްވިޓާގެ ހިއްސާތައްވަނީ މައްޗަށް ގޮސްފައެވެ.

ބްލޫމްބާގް ޓީވީއިން ޓްވިޓާ މިނިވަން ކުންފުންޏެއް ގޮތުގައި މުސްތަޤުބަލުގައި ހުންނާނެތޯ ވިލިއަމްސްއާ ސުވާލުކުރުމުން، ވިލިއަމްސް ބުނީ، "މިހާރު މިތިބީ ވަރަށް ވަރުގަދަ މަޤާމެއްގަ. އަދި ބޯޑް މެމްބަރެއްގެ ހައިސިއްޔަތުން ކުންފުންޏަށް އެންމެ ރަނގަޅީ ކޮން ގޮތެއްތޯ ބަލަންޖެހޭ"، މިހެންނެވެ.