Last Updated: July 3, 07:48
Friday, July 3, 2026
ރިޕޯޓް

އެންމެ ބޮޑު ޓެލެސްކޯޕް ޗައިނާގައި

ފޮޓޯ: ނޭޝަނަލް އެސްޓޮރޮނޮމިކަލް އޮބްޒަވޭޓަރީސް (ސީއޭއެސް)

ޗައިނާގެ އުފެއްދުމެއް ކަމަށްވާ ދުނިޔޭގެ އެންމެ ބޮޑު ރޭޑިއޯ ޓެލެސްކޯޕް އޭގެ އެންމެ މުހިންމު އެއް ޓެސްޓިން ފޭސް ފަށައިފިއެވެ.

ޗައިނާގެ ސައިންސްވެރިން ރިޕޯޓްކުރާ ގޮތުގައި ބޮޑު މާސިންގާ ޑިޝްއެއްގޮތުގައި ހުންނަ އެ ޓެލެސްކޯޕް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައި ކަމަށާއި އަދި ޖައްވުން އޭގެ ފުރަތަމަ ސިގްނަލްތައްވެސް ލިބިއްޖެއެވެ.

މިހާރުން ފެށިގެން ތިން އަހަރުގެ ތެރޭގައި އެ ޓެލެސްކޯޕް ކެލިބަރޭޓްކޮށް ނިމި އޭގެ ބޭނުން ފުރިހަމަ ގޮތުގައި ކުރެވެން ފަށާނެއެވެ.

މި ޓެލެސްކޯޕަކީ ޗައިނާއިން ސައިންސްގެ އިންޖީނުގެއަކަށް ވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އާދިއްތަ ދުވަހު ހުޅުވުނު ޓެލެސްކޯޕެކެވެ.

ފައިވް ހަންޑްރެޑް މީޓާ އެޕާޗާ ސްފެރިކަލް ޓެލެސްކޯޕް ފެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު ޕެންގް ބޯ ބީބީސީއާއި ވާހަކަދައްކަވަމުން ވިދާޅުވީ އެއީ ވަރަށް "އެކްސައިޓިންގް" ކަމެއްކަމަށެވެ. އަދި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ސައިންސްވެރިން ހޯދުންތައް ހޯދުމަށްޓަކައި ޗައިނާއިން ބޭރަށް ދާން ޖެހުނު ކަމަށާއި، ނަތީޖާއެއްގެ ގޮތުން މިހާރު ދުނިޔޭގެ އެންމެ ބޮޑު ޓެލެސްކޯޕް އޮތީ ޗައިނާގައި ކަމަށާއި އަދި އެ ޓެލެސްކޯޕް ބަލާލުމަށް މީހުން ކެތްމަދުވެފައި ތިބިކަމަށްވެސް ބޯ ވިދާޅުވިއެވެ.

އެ ޓެލެސްކޯޕްގެ ފުޅާ މިނުގައި 500 މީޓަރު ހުންނައިރު، ޓެލެސްކޯޕް ހެދުމަށްޓަކައި ހޭދަވީ 180 މިލިއަން ޑޮލަރެވެ. އަދި އެ ޓެލެސްކޯޕް ބިނާކޮށް ނިމުނީ އެންމެ ފަސް އަހަރުންނެވެ.