Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ކައުންސިލް މުވައްޒަފުންނަށް ދިވެހި ބަހުގެ ޕްރޮގްރާމެއް

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިތަމްރީން ޕްރޮގްރާމަކީ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ މަޤުސަދުގައި ބޭއްވޭ ސިލްސިލާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ކަމަށް ކައުންސިލުން ބުންޏެވެ.

hkj

ތަމްރީން ޕްރޮގްރާމްގައި ކައުންސިލް އިދާރާގެ 28 މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައި ދެއްވާނީ އައްޑޫ ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަދި އައްޑޫގެ މަޝްހޫރު ތަޖުރިބާކާރު ދިވެހި މުދައްރިސް އަހުމަދު މިހާދެވެ.