Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މާރާާމާރީ އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މި މަހުގެ 23 ވަނަ ދުވަހުގެރޭ ހިތަދޫގައި ހިންގި މާރާމާރީ އާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 22 އަހަރުގެ ދެ ފިރިހެނުންނެވެ.

މި ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގައި ފަސް މީހަކަށް އަނިޔާވެގެން ހިތދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ.

އަދި އެކަކު އިތުރު ފަރުވާ އަށް މާލެ ވެސް ފޮނުވާލި އެވެ.