Last Updated: May 1, 06:04
Thursday, May 1, 2025
ޚަބަރު

ކައުންސިލްގެ ހަދިޔާއެއް މަރަދޫ ސިއްހީ މަރުކަޒަށް

އައްޑޫ ސިޓީ ކައުންސިލުން މަރަދޫ ސިއްހީ މަރުކަޒަށް ކޮމްޕިއުޓަރަކާއި ޓީވީއެއް ހަދިޔާކޮށްފި އެވެ.

މިއަދު ހެދުނު ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައ އެ ތަކެތި އެ މަރުކަޒާ ހަވާލުކޮށް ދެއްވީ އައްޑޫ ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ކައުންސިލަރު އަބުދުﷲ ތައްޔިބެވެ.

ސިއްޙި މަރުކަޒުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެމަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތް އޮފިސަރު އިހްތިޝާމް ނަޖީބެވެ.

މަރަދޫ ސިއްޙީ މަރުކަޒަށް ހަދިޔާ ކުރި ތަކެއްޗަކީ، އެ މަރުކަޒުން ހިދުމަތް ދިނުމަށާއި ތަނަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތަކެއް ދިމާވާތީ މަރުކަޒުގެ މުވައްޒަފުންނާއި ނަރުހުންގެ އެދުމަކަށް ކައުންސިލުން ހަދިޔާ ކުރި ތަކެތި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.